ރޯދަ މަހު ސްކޫލްތަކުގައި ފުރަތަމަ ހަފުތާގައި އެކަނި ކިޔަވައިދިނުމަަށް ނިންމައިފި

Roadha mahu school thakugau furathama hafuthaagai ekani kiyavai dhinumah ninmaifi

މިއަހަރުގެ ރޯދަމަހުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައިދޭނަި ފުރަތަމަ ހަފުތާގައި އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުގައެވެ. މިއަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން އާންމުކޮަށްފައިވާ އެކެޑެމިކް ކަލަންޑަރު ރާވާފައިވާ ގޮތުގައި، ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭނީ އަންނަ މަހު 22 އިން 26އާ ހަމައަށެވެ. އަދި އެއަށްފަހު، މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާއި ހަމައަށް، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަސްތައް ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެ ދުވަސްތަކުގައި ސްކޫލް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މިއަހަރުގެ ރޯދަ މަހުގެ ވެސް ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments