އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނަނީ

SSC imthihaanugai Quran maahdhaa himananee

އޯލެވެލް އިމްތިހާނުގައި ޤުރުއާން މާއްދާ ހިމެނުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ދެއްވި ހިތޯބުގައި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ޤުރުއާނުގެ އިލްމަށް ދަރިވަރުންގެހިތްތަކުގައި ލޯބި ޖައްސުވައި ޝައުގުވެރިކުރުވަން އޯ ލެވެލްގެ އެސްއެސްސީ އިމްތިހާނުގައި ވަކި މާއްދާއެއްގެ ގޮތުގައި މި އަހަރު ޕައިލެޓް ޕްރޮގްރާމެއް ވެސްކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން، ޝަފީއު ވިދާޅުވީ މި ދިރާސީ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށް ކަމަށެވެ.

ހަމަމިއާއެކު، ސްކޫލުތަކުގައި ތައުލީމް ހާސިލުކުރަމުން އަންނަ ކޮންމެ ދަރިވަރަކީ ވެސް، ރިވެތި އާދަތަކާއި ސިފަތަކާއެކު އަނެކަކަށް އިހުތިރާމްކުރާ ދަރިވަރުން ތަކަކަށް ހެދުމަށް މިއަހަރުގެ ތެރޭގައި ހާއްސަ ޕްރޮގްރަާމްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted