ގަމު ރީޖަނަލް ހޮސްޕިޓަލްގައި ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި

Gamu regional hospital gai hithuge baleege haahsa doctorge hidhumaiy fashaifi

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތް ދާއިމީކޮށް ފަށައިފިއެވެ.

އެގޮތުން، މި ޚިދުމަތް ފާށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެޕޮއިންޓްމެންޓު ހެއްދުމަށް ގަމު ހޮސްޕިޓަލުްގައި އާންމުކުރަމުންދާ އާންމު އުސޫލުން ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން ރޭގަނޑު 12:00 އަށް ހޮސްޕިޓަލްގެ ރަސްމީ ނަންބަރު 6800026 އާ ގުޅުމަށެވެ.

ގަމު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ މުޅިން އަލަށް ފަށާފައިވާ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތަކީ ސަރުކާރުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކަނޑައަޅުއްވާފައިވާ  ޕްރޮގްރާމްތަކުގެ ތެރެއިން ދޭން ފަށާފައިވާ ޚިދުމަތްތަކެއް ކަމަށެވެ.

ހަމަމިއާއެކު، އިތުރު ދެ ސްޕެޝިލިޓީ އެއްގެ ޚިދުމަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި ފެށިގެންދާނެ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments