ލާމު މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ލާމު މެރެތަން 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސެޕްޓެންބަރު މަހު 27 ވަނަ ދުވަހު ލާމު ލިންކް ރޯޑުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 25 އޯގަސްޓް 2024 އާ ހަމަޔަ ށެވެ. އަދި ބައިވެރިވުމަށް އެދޭ ފޯމު، އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބޭނެ އެވެ.

މިއަހަރުގެ މެރެތަންގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމު ފުރާ 950 ފަރާތަށް ކަމަށް އަތޮޅު ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފަ އެވެ.

ލާމު މެރެތަން 2024 ގައި ހިމެނެނީ 5 ކެޓެގަރީ އެވެ. އެއީ ”ކިޑްސް ފަން ރަން“، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު، 21 ކިލޯމީޓަރު އަދި 42 ކިލޯމީޓަރުގެ ދުވުމުވެ.

މިއީ އަތޮޅު ކައުންސިލްގެ ފަރާތުން ލާމު މެރެތަން ބާއްވާ ތިންވަނަ ފަހަރެވެ. މީގެކުރިން ބާއްވާފައިވަނީ 2020 އަދި 2023 ވަނަ އަހަރު އެވެ. މި ދެ މެރެތަންގައިވެސް ގިނަ އަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.

 

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments