އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

Aridhafus roagaa adhi neyvalaa nizaamah jehey bali thakah samaaluvumah HPA in ilthimaas kohfi

އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް؛

  • ގިނަގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް، ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ  ބަލިތައް ހުންނަ  މީހުންނާއި އުމުރުނަ ދުވަސްވީ މީހުން ނުދިއުން
  • ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުން
  • ހުން އައިސް ރޯގާގެ އަލާމާތްތައް ފެންނަ ނަމަ ސްކޫލަށް ނުފޮނުވުން
  • އަރިދަފުސް ރޯގާ ޖެހިފައި ހުރިނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަ ނިވާކުރުން ނުވަތަ މާސްކު އެޅުން
  • އަތް ދޮނަނައިރު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން، ނުވަތަ ސެނެޓައިޒަރ ބޭނުން ކުރުން

ހަމަމިއާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް، ވަކިން ހަާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް،ދުންފުހުގެ އަސަރު ކުރަމުން ދާކަން މެޓްގެ ތަފާސްހިސާބު ތަކުން ދައްކާފައިވާތީވެ އެކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން، ފުއްޕާ މެޔާއި، ހިތުގެ ބަލި ހުންނަ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments