ގަމު ކައުންސިލުން އިންތިޚާބަށް ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރު ނަގައިފި

Gamu council in inthihaabah candidate in ge nan thah tharutheebu kurumah guru nagaifi

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ނަންތައް ތަރުތީބުކުރުމަަށް ގަމު ކައުންސިލުން ގުރުއަތު ނަގައިފިއެވެ.

އެގޮތުން، ކެނޑިޑޭޓު ނަންބަރު ތަރުތީބުކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މުޅިރާއްޖޭގައި އެއްވަގުތެއްގައެވެ. ގަމު ކައުންސިލުން ވެސް މި ކެނޑިޑޭޓުންގެ ގުރު ނަގާފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ.

ގަމު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ، އަފްސަލް ޖައުފަރު (އައްޕި) އަށް ލިބިވަޑައިގެންނެވީ ކެނޑިޑޭޓު ނަންބަރު، 1 އެވެ. އަފްސަލް އާ ދެކޮޅަށް ރައީސްކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ، މުހައްމަދު އަރީފް އަށް ލިބިވަޑައިގެންނެވީ، ކެނޑިޑޭޓު ނަންބަރު 2 އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމަށް؛

  • މަރިޔަމް ނީނާ – ކެނޑިޑޭޓު ނަންބަރު 1 ( އެމްޑީޕީ).
  • ފާތިމަތު މޫސާ- ކެނޑިޑޭޓު ނަންބަރު 2 ( ޕީއެންސީ)

ކައުންސިލް މެންބަރުން (އަންހެނުން) ؛

  • ސަލްމާ އުމަރު – ކެނޑިޑޭޓު ނަންބަރު 3 (އެމްޑީޕީ)
  • ފާތިމަތު އަލީ- ކެނޑިޑޭޓު ނަންބަރު  4 (އެމްޑީޕީ)
  • މަރިޔަމް އަނީސާ- ކެނޑިޑޭޓު ނަންބަރު  5 (ޕީއެންސީ)
  • ތަހުމީނާ އަލީ – ކެނޑިޑޭޓު ނަންބަރު6 (ޕީއެންސީ)

ކައުންސިލް މެންބަރުން( ފިރިހެނުން)

  • އިބްރާހީމް ރަޝީދު ، ކެނޑިޑޭޓު ނަންބަރު 7 ( އެމްޑީޕީ)
  • އަބްދު الله ޝުއާއު ކެނޑިޑޭޓު ނަންބަރު  8 ( އެމްޑީޕީ)
  • ޝާހިދު މުހައްމަދު، ކެނޑިޑޭޓު ނަންބަރު 9 (ޕީއެންސީ)
  • އަސްލަމް މުހައްމަދު ، ކެނޑިޑޭޓު ނަންބަރު 10 ( ޕީއެންސީ)

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން

  • އަނީސާ އަލީ ، ކެނޑިޑޭޓު ނަންބަރު 3 (އެމްޑީޕީ)
  • މަރިޔަމް އިސްމާއީލް ، ކެނޑިޑޭޓު ނަންބަރު 4 (އެމްޑީޕީ)
  • ފާތިމަތު ރަޟިއްޔާ ، ކެނޑިޑޭޓު ނަންބަރު 5 ( އެމްޑީޕީ)
  • އާއިޝަތު ސަނާ ، ކެނޑިޑޭޓު ނަންބަރު  6 (ޕީއެންސީ)
  • ނަހުލާ އަބޫބަކުރު ، ކެނޑިޑޭޓު ނަންބަރު 7 (އެމްޑީޕީ)
  • ފާތިމަތު ރަޝީދާ ، ކެނޑިޑޭޓު ނަންބަރު  8 (ޕީއެންސީ)
  • އާމިނަތު ދުންޔާ ، ކެނޑިޑޭޓު ނަންބަރު 9 (ޕީއެންސީ)
  • ނައުޝާ ޚާލިދު ، ކެނޑިޑޭޓު ނަންބަރު 10 (ޕީއެންސީ)

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ. މި އިންތިޚާބުގައި 2994 ކެނޑިޑޭޓުން ވާދަކުރާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments