މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަށް ކޮއްކޯފުޅު ކަރީމްގެ ހޫނު ރައްދެއް!
Majileehuge raees abduh raheem ah kohko fulhu kareem ge hoonu rahdheh!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުއް ﷲ ޕީއެންސީ ޖަލްސާގައި ދެއްކިވި ވާހަކަފުޅި ދޮގުކޮށް، ކޮއްކޯފުޅު އަބްދުލްކަރީމް އަބްދު ﷲ ހޫނު ރައްދެއް ދެއްވައިފިއެވެ.
ކަރީމް ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ޕީއެންސީގެ ކުރީ ވެރިކަންތަކުގައި ރައްޔިތުން ތިބެންޖެހެނީ ބިރުންނޭ ވިދާޅުވި ވިދާޅުވުން އެއީ ވަރަށް ބޮޑު އިތުރުފުޅެއް ކަމަށެވެ.
“އަޅުގަނޑު މިއީ އަނިޔާ ލިބުނު މީހާ، ގާނޫނީ އަސާސީއިން ލިބިދޭ ހައްގެއް ބޭނުންކުރުމުގެ ސަބަބުން އަޅުގަނޑުގެ ދަރިން އެ ތިބީ ވަޒީފައިން ކަނޑާލައި އެއްލާލާފައި. އަދި އޭގެ އިތުރުން ސަރުކާރުގެ އޮފީހެއްގެ ވަޒީފާއަށް ކުރިމަތިލުމުން އިންޓަވިއު ނިމުމުން ބުނީ، ސަރުކާރުން އަންގަވާފައޭ އޮތީ ސަރުކާރުގެ ވަޒީފާއަކުން ކަނޑާލި މީހަކަށް ސިވިލް ސާރވީސްގެ މަގާމެއް ވެސް ނުދޭނެއޭ. އަނިޔާއެއް ނޫންތީ މިއީ؟”
ކަރީމް ވިދާޅުވީ. އަނިޔާވެރިންނަށް އެދުވަސް ދެއްކެވުމަށް ދުއާ ކުރުމުގެ ހައްގު އެބައޮތް ކަމަށާއި ދުއާ ވެސް ކުރައްވާނެ ކަމަށެވެ. ކަރީމް އިތުރަށް ވިދާޅުވީ ބާރާއި، ތަނަވަސްކަމާއި ލިބެނީ އާއިލާގެ ފަރާތުން ނޫން ކަަމަށާއި، ބާރާއި އާރު ދެއްވަނީ އެހެން ފަރާތަކުން ކަމަށެވެ.
“ކޮބައިތޯ ރިޔާސީ އިންތިޚާބުގައި ވައުދު ވެވަޑައިގެންނެވި ބަންކަރު ބޯޓު، އެކޯ ޓޫރިޒަމްގެ ރިސޯޓު، އިންޓަރނޭޝަނަލް އެއަރޕޯޓު؟ މިހަލަ އެތައް މަޝްރޫއެއް ދެ އަހަރު ފަާއިތުވި..”
މީގެއިތުރުން ކަރީމް ވިދާޅުވީ އިގްތިސާދުގެ ވާހަކަ ދައްކަވާއިރު، ސަރުކާރުން ލޯނު ނެންގެވީ 17 އިންސައްތައިގެ އިންޓަރެސްޓްގައި ކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. ކަރީމް ވިދާޅުވީ ރައީސް މުއިއްޒު ކައުންސިލް ތަކާއި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރުން ނަމުގައި ދަތުރު ކުރައްވަނީ ބޮޑާކަމާއި ބާރު ހުރިކަން ދެއްކުމަށް ކަމަށާއި، އެއީ ރައްޔިތުންގެ ބަޖެޓަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. ދެމަފިރިން ދެކޮޅަށް ދަތުރުކޮށް މުޅި ބަޖެޓު ކާލައިފި ކަމަށް ކަރީމް ވަނީ ވިދާޅުވެފައެވެ.
ކަރީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޚިޞާރުކޯށްފި ކަމަށާއި، މިއަދު ރައްޔިތުންގެ މަޖިލީހެއް ނެތްކަމަށެވެ.
“މިއަދު އޮތީ ޕާޓީ މަޖިލިސް، ޕާޓީ އިން ވަކިވެއްޖިއްޔާ ގޮނޑި ގެއްލޭ މަޖިލިސް، ވެރިކަމުގައި ހުވާ ކުރެއްވި ދުވަހު ވިދާޅުވީ ދިވެހި ދިދައާއެ ފަޚުރުވެރިކަމުގައި ވިހުރޭށޭ. ޖުޑީޝަރީ މިނިވަން ވީއޭ. އެހެންތޯ ވީ؟”
ކަރީމް ވިދާޅުވީ ސްޕްރީމް ކޯޓުވެސް ހަލާކުކޮށްފި ކަމަށާއި، ބޭނުންގޮތެއް ހެދޭނެ ފަނޑިޔާރުން މިހާރު ތިބީ އައްޔަންކޮށްފައި ކަމަށެވެ.
“ކޮބައިތޯ ފޮނަދޫގެ ވަޒީފާ ނެތި ތިބި ޒުވާން ކުދިންނަށް ވީ ވަޒީފާ؟ އެއަށްވުރެ ތި އިސް ކުރައްވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މުސާރަތައް. ތަރައްގީއޭ ކިޔާފައި ވާހަކަދައްކަވާ އެއްވެސް ތަރައްގީއެއް ގެންނެވަފާއި.”
ކަރީމް ވިދާޅުވީއެ އެމްޑީޕީ ސަރުކާރާއި ޕީއެންސީގެ ސަރުކާރާއި އަޅާ ބަލާއިރު، ޕީއެންސީ ސަރުކާރުން ފޮނަދޫގައި ހެދީ މަގު ބުރިއެއް ކަމަށެވެ. ކަރީމް ވިދާޅުވީ މަސައްކަތް ކުރަނީ އަމިއްލަ ފައިދާއެއް ކަމަށާއި، އަނިޔާވެރިވަނީ ގާތް ތިމާގެ މީހުންނަށް ކަމަށެވެ. އެ ވިދާޅުވާ އާއިލާ އިން ވަޅި ވެސް ޖަހާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކަރީމް ވަނީ ވިދާޅުވެފައެވެ.
ކަރީމް ވަނީ ބޭބޭފުޅު އަބްދުއްރަހީމް އަށް ދޮގު ހެދުން އާދަނުކުރެއްވުމަށް ނަސޭހަތްތެރިވެލައްވާފައެވެ.ކަރީމް ވިދާޅުވީ، ދޮގު ހެދުމަކީ އެންމެ ބޮޑު ފާފަ ކަމަށާއި، ﷲ ސުބްހާނަހޫ ވަތަޢާލާ އަށް ބިރުވެތިވުމަށެވެ.
ކަރީމް ވިދާޅުވީ މި ސަރުކާރަކުން ފޮނަދޫ އަށް އެއްވެސް ތަރައްގީއަށް ގެންނަވާފައި ނެތްކަމަށާއި، ކޮންމެ އިންތިހާބެއް ކައިރިވުމުން މަޝްރޫއުތައް ފެށޭނީ އިންްތިހާބު ކާމިޔާބު ކުރެވުމުންނޭ ދައްކަވާ ވާހަކައަކީ ދޮގު ވާހަކަ ކަމަށެވެ.ހަމަމިއާއެކު، ކަރީމް ވަނީ އެމަނިކުފާނުގެ ރައީސް ކަމެއްގައި ކައުންސިލްގައި އަންހެން ޖަމާއަތްތެރިންނާއި ފިރިހެން ޖަމާއަތްތެރިން ތިއްބަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ކަރީމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީ ހާލަތަށް ވަރަށް މަލާމާތައި ފުރައްސާރަ ކުރަމުން ދާ ކަމަށެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް،އަމިއްލަ ގޮތުން ކަރީމް ވާދަކުރުމަށް ނިންމާފައިވާއިރު،ކަރީމް ގެ ދެ ދަރިންވެސް ވަނީ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައެވެ.




