އިންތިޚާބަކާ ނުލައި، ގަމު ކައުންސިލްގެ މެމްބަރު ކަމަށް ފާޠިމަތު ޢަލީ ހޮވިއްޖެ.

އިންތިޚާބަކާ ނުލައި، ގަމު ކައުންސިލްގެ މެމްބަރު ކަމަށް ފާޠިމަތު ޢަލީ ހޮވިއްޖެއެވެ.

18 އޭޕްރީލް 2024 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިޢުލާނުގައިވާ ގޮތުން، ލ.ގަމު ކައުންސިލްގެ މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު  ފާޠިމަތު ޢަލީ ފިޔަވައި އިތުރު ފަރާތެއް ކުރިމަތިލާފައެއް ނުވެއެވެ. އެހެންކަމުން ޤާނޫނު ނަންބަރ 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ޤާނޫނު)ގެ 24 ވަނަ މާއްދާގައިވާ ގޮތުން ފާތިމަތު ޢަލީ މި ވަނީ އިންތިޚާބު ވެފައެވެ.

ފާޠިމަތު ޢަލީ  އިންތިޚާބުވެފައި މިވަނީ ގަމު ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑިއަށެވެ. މި ގޮނޑި ހުސްވީ، ކުރިން މި ގޮނޑީގައި އިންނެވި ޢާއިޝަތު ލީޒާ އިސްތިއުފާ ދިނުމުންނެވެ. ފާޠިމަތު ޢަލީ ގަމު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލީ އެމް.ޑީ.ޕީ އިންނެވެ. ގަމު ކައުންސިލްގެ މިހާރު ތިބި ފަސް މެމްބަރުންނަކީ ވެސް އެމް.ޑީ.ޕީ ތަމްސީލް ކުރާ ފަސް މެމްބަރުންނެވެ.

ކައުންސިލް މެމްބަރު ކަމަށް ހޮވުނު އިރު ފާޠިމަތު ޢަލީ އައީ ހިނގަމުން މި ދާ ދައުރުގެ ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަޤާމު ފުރަމުންނެވެ. ކައުންސިލް މެމްބަރު ކަމުގެ ހުވާ ކުރުމުގެ ކުރިން ފާޠިމަތު ޢަލީ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ކަމުންނާއި މެމްބަރު ކަމުން އިސްތިއުފާ ދީފައެވެ. ކައުންސިލް މެމްބަރ ކަމުގެ ހުވާ ކުރީ މި ހިނގާ މޭ މަހުގެ 2 ވަނަ ދުވަހުއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments