146 ދަރިވަރުންނާއެކު،ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް އިފްތިތާޙްކޮށްފި
146 dharivarunnaeku, sifainge 72 vana asaasee thamreenu course ifthithah kohfi

މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އާއި އަލަށް ބައިވެރިވާ ދިވެހި ސިފައިންގެ 72 ވަނަ އަސާސީ ތަމްރީން ކޯސް އިފްތިތާހު ކޮށްފި އެވެ
މިފަހަރުގެ ކޯހުގައި ޖުމްލަ 146 ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި 22 އަންހެން ސިފައިން ހިމެނެއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.
ކޮމާންޑިންގ އޮފިސަރުގެ ވާހަކަފުޅުގައި،މި ތަމްރީނުން ފާސް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލުތިމާސް ކުރެއްވިއެވެ. މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ މަތީ ރޭންކުތަކުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.




