އަނެއްކާވެސް ފޮނަދޫ ފެން ޕްލާންޓުން ފެން ހުސްވެއްޖެ! ގަމުން ފެން ޅޯޑުކޮށްގެން ހިދުމަތް ދޭން ފަށައިފި

Anehkaa ves fonadhoo fen plant in fen husvehje! Gamun fen load kohgen hidhumaiy dheyn fashaifi

ފޮނަދޫ ފެން ޕްލާންޓުން މިއަދު ފެން ހުސްވެގެން، ގަމުން ފެން ލޯޑުކޮށްގެން ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަމާއި ގުޅިގެން، ފޮނަދޫ ފެނަކައިގެ ސްޓޭޝަން މެނޭޖަރު އަބްދުލް މުހުސިން އަލީ ވިދާޅުވީ، މިއަދު ފެން ޕްލާންޓުން ފެން ހުސްވިކަމަށާއި އެހެންނަމަވެސް މިހާރު ގަމުން ފެން ފޮނަދޫ އަށް ގެންގޮސް ލޯޑުކޮށްގެން ޙިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ފެން ޕްލާންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮންއިރަކުންތޯ ސުވާލުކުރުމުން މުހުސިން ވިދާޅުވީ، ދާއިމީ ހައްލެއް އެެއްވެސް ކަމަކަށް ނުލިބޭނެ ކަމަށެވެ.

”ދާއިމީ ހައްލެެއް ނުލިބޭނެ ދެއްތޯ އެއްވެސް ކަމެއްގައި. އަޅުގަނޑުމެންގެ ކަންތައްރަކުގައި ވެސް ދާއިމީ ހައްލެއް ނުލިބިގެން މިއުޅެނީ. ގަދަކޮށް ތިއްބާ އަޅުގަނޑުމެންވެސް ދަނީ ނޫންތޯ. މައްސަލަ ނުޖެހޭގޮތަކަށް ހީއެއްނުވޭ އެއްވެސް ކަމެއް ކުރެވިދާނެ ހެނެއް.“

މުހުސިން ވިދާޅުވީ މިކަމަށް މިއަށްވުރެ ރަނގަޅު ހައްލެއް ގެނައުމަށް ފެން ޕްލާންޓު މަރާމާތުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

ފޮނަދޫ ފެން ޕްލާންޓުން ދޭތެރެ ދޭތެރެއިން ޚިދުމަތް ކެނޑުނު ނަމަވެސް މިކަމަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ގަމު ކޮޅުން ފެން ލޯޑު ކޮށްގެން ނޫނީ މާލޭ އިން ކޮންމެވެސް އެއްޗެއް ގެނެސްގެން ވަގުތީ ހައްލެއް ހޯދުމަށްފަހު ހިދުމަތްދެއެވެ. ފޮނަދޫގެ ގިނަ ގޭގެއިން މި ފެނަށް ބަރޯސާވާއިރު، މިފަދައިން ފެން ޕްލާންޓުގެ މައްސަލަ ޖެހޭތީވެ، އާންމުން ދަނީ ދަތިތަކަކާއި ކުރިމަތިލަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments