މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަމަށް އަދިވެސް ނިމުމެއް ނެތް

ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯކަމީ ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހަކަށް ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.

ގާތްގަނޑަކަށް 15 އަހަރުގެ ދިގު މުއްދަތެއް ވޭތުވެގެން ދިޔައިރުވެސް ފުޓްބޯޅަ ދަނޑުތަކުގައި މި ދެކުޅުންތެރިންގެ ފަނޑުވުން ނިމުމަކަށް ނައެވެ. އޭރުވެސް އަދި މިހާރުވެސް ދެކެވެނީ  މި ދެ ކުޅުންތެރިންގެ މޮޅު ވާހަކައެވެ. އަދިވެސް މި ދެ ކުޅުންތެރިންގެ މޮޅުވާހަކައެވެ.

ބަސާލޯނާގެ ތަރި މެސީ ވަނީ 6 ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ. ރޮނާލްޑޯ ވަނީ މި އެވޯޑް 5 ފަހަރު ހޯދާފައެވެ. އެންމެ ފަހުން މި އެވޯޑު ހޯދި ކުޅުންތެރިއަކީ މެސީއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ރޮނާލްޑޯ ތިން ކުލަބެއްގައި މި އެވޯޑު ހޯދުމަކީ އޭނާގެ ހުނަރުވެރިކަން މާ ބޮޑަށް ފެންނަ ސަބަބެކެވެ. އަދި މެސީ އެންމެ ފަހުން ރޮނާލްޑޯ ފަހަތައް ޖައްސާލުމަށްފަހު މި އެވޯޑް ހޯދުން ވެގެން ގޮސްފައިވަނީ ރޮނާލްޑޯގެ ކެރިއަރު ނިމުމަކަށް ގެނުވިގެނައުމެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. މީގެ އިތުރުން މެސީ މި އެވޯޑް އެއް ކުލަބެއްގައި ހުރެ 6 ފަހަރު ހޯދުމަކީ މެސީގެ ހުނަރުވެރިކަން ބޮޑަށް ފެނިގެންދާ ސަބަބެއް ކަމުގައި ދެކޭ ބަޔަކުވެސް އުޅެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށްވުރެ އެ މަގާމް މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު ކަމަށް ބުނަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއް ނޭނގޭ މީހުން ކަމަށް ސިފަކުރާ ބަޔަކުވެސް އެބައުޅެއެވެ.

އެގޮތުން ނެތަލެންޑްސް ގެ ކުރީގެ ލެޖެންޑް މާކޯ ވެން ބާސްޓެން ބުނެފައިވާ ގޮތިގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ރޮނާލްޑޯ އާއި މެސީ އަޅާ ކިޔާއިރު، މެސީއަކީ ދުނިޔޭގެ ފުޓްބޯޅިގެ ރަސްގެފާނެއެވެ. އަދި ރޮނާލްޑޯއަށް ވުރެ މެސީގެ ހުނަރުވެރި ކަން ބޮޑެވެ.

މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ފުޓްބޯޅައިގައި ބޮޑުވެފައިވާއިރު، މި ދެ ކުޅުންތެރިންގެ ތެރެއިން ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުތޯ ކުރެވޭ ބަހުސަކީ މިދިޔަ ގާތްގަނޑަކަށް ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅައިގައި އަބަދުހެން ކުރެވެމުން އަންނަ އެންމެ ހޫނު އެއް ބަހުސެވެ.

ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިފައިވަނީ ސްޕެނިޝް ލީގުގައި ކަމަށްވާއިރު ބާސެލޯނާ އަށް ކުޅެމުން އަންނަ މެސީ އަށް ގިނަ ކާމިޔާބީ ތަކެއް ހޯދިފައި ހުރީ ލަލީގާ ގައި ކަން ފާހަގަކޮށްލެވެ އެވެ. އެއާ ހިލާފަށް ރެއާލް މެޑްރިޑްގައި ނުވަ ސީޒަން ހޭދަކުރުމަށްފަހު 2018 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެ ކްލަބް ދޫކޮށްލި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ދެ ކުޅުންތެރިން މިހާތަނަށް ފުޓްބޯޅައިގައި ހޯދައިފައިވާ އެކި އެވޯޑްތަކަށް ބަލާއިރުވެސް އެ ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކޮން ކުޅުންތެރިއެއްތޯ ކަނޑައެޅުމަކީވެސް ދަތިކަމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮން ޑިއޯ އެވޯޑް ރޮނާލްޑޯ އަށްވުރެ އިތުރަށް އެއް ފަހަރު މެސީ ކާމިޔާބުކޮށްފައިވާއިރު ގައުމީ ޓީމާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑު މުބާރާތެއް މެސީ އަށް ކާމިޔާބުކުރެވިފައި ނުވުމަކީ މެސީގެ ސަޕޯޓަރުންގެ މައްޗަށް ރޮނާލްޑޯގެ ސަޕޯޓަރުން ކުރި ހޯދަން އެންމެ ގިނައިން ދައްކާ އެއް ވާހަކަ އެވެ. ރޮނާލްޑޯ ވަނީ 2018 ވަނަ އަހަރު ޕޯޗުގަލް އާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މެސީ އަދި ރޮނާލްޑޯގެ ވާދަވެރިކަމުގެ ވާހަކަ ދައްކާއިރު،އަދިކުރިޔައްވެސް އޮތީ މި ދެކުޅުންތެރިންގެ ވާދަވެރިކަން ފެނިގެންދާނެ އަހަރުތަކެވެ.

މެސީ އަދި ރޮނާލްޑޯ އަށް ފަހު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ފަރާތަކީ 1988 ވަނަ އަހަރު ނެދަލެންޑްސްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ ވެން ބާސްޓެންއެވެ.

ވެންބާސްޓެން އަކީ ބެލޮން ޑިއޯ އެވޯޑް އެންމެ ގިނަ ފަހަރު ހޯދައިފައިވާ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ވެން ބާސްޓެން ޖުމްލަ ތިން ފަހަރު އެ އެވޯޑް ހޯދައިފައިވާ އިރު އެ އަދަދަށް އެވޯޑް ހާސިލްކުރި އަނެއް ދެ ކުޅުންތެރިންނަކީ ނެދަލެންޑްސް ޔޯހަން ކްރައިފް އާއި ފްރާންސްގެ މިޝެލް ޕްލެޓީނީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments