ހޫނު ގަދަވުމުގެ ސަބަބުން ބޭރު އުޅޭ މިންވަރު މަދުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

Hoonu gadha vumuge sababun beyru ulhey minvaru madhu kurumah HPA in ilthimaaskohfi

ހޫނުގަދަވުމުގެ ސަބަބުން ރައްކާތެރިވުމަށް ދިމާވެދާނެ ސިއްހީ ބަލިތަކުން ރައްކާތެރިވުމަށް، ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ.

އެޗްޕީއޭ އިން ބުނީ، ހޫނުގަދަވުމުގެ ސަބަބުން އެއްވެސް ސިއްހީ މައްސައެއް ދިމާވެއްޖެނަމަ، އަވަހަށް ސިއްހީ ފަރުވާ ހޯދުމަށެވެ.

ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތް:

ބޮލުގައި ރިއްސާ ބޯ އެނބުރުން

ވަރުދެރަވުން

އަކުނިވަޔަށްދެމުން

ލޮލަށް ގެއްލުން ލިބުން

ހަންގަނޑު އެދުމުގެ ސަބަބުން ހަނގަނޑުގައި ރަތްފޮޅު ނެގުން، ކުދި ރަތް ބިހި ނެގުން

ހަޑިގަނޑުގައި ފެން މަދުވުމުގެ ސަބަބުން، ކުޑަ ކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާ އިރު ކުލަ ގަދަވުން

އެޗްޕީއޭ އިން ވަނީ އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން އަވީގައި އުޅޭ މިންވަރު މަދު ކުރުމަށް ލަފާދީފައެވެ.

މީގެއިތުރުން ، އަތްވަށް ނިކުންނައިރު ކުޑަ ބޭނުންކުރުމާއި، ކުލަ މަޑު ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުން ލުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމަމިއާއެކު، ބޮޑަށް ހިޔާވާކަހަލަ ތޮފި ބޭނުން ކުރުމަށާއި، އަތްވަށް ވުރެ މަތީގެ ސަންސްކީން ލޯޝަނެއް ބޭނުންކުރުމަށާއި، ގިނައިން ފެން ބުއިމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަކުރު ، ކެފެއިން ހިމެނޭ ބުއިންތައް ބުއިން މަދުކުރުމަށާއި، ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ އަވިއައިނެއް ހޯދުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭ އިން ބުނީ، ހޫނު ގަދަވުމުގެ ސަބަބުން އެންމެ ނުރައްކާވާ މީހުންގެ ތެރޭގައި، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ދާއިމީ ބައްޔަށް ބޭސްކުރާ މީހުން އަދި އަވީގައި ގިނަ ވަގުތު މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށެވެ.

ހޫނުގަދަވުމުގެ ސަބަބުން  ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަސަރު ބޮޑުކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments