މުންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފި

Mundoo bandharu tharahgee kurumuge mashroou MTCC aa havaalu kohfi

ލާމު މުންޑޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން 243 މީޓަރު އެއްގަމު ތޮށި ޖެހުމާއި،  1 ރޭމްޕު ހެދުމާއި، 9 މަގުބައްތި ހަރުކުރުމާއި، 1215 އަކަމީޓަރުގެ ދުވާރު ހެދުމާއި، 106 މީޓަރުގެ ތިވެޓްމެމްޓް ހެދުމުގެ އިތުރުން، 249 މީޓަރު ބޭރުތޮށި ޖެހުން ހިމެނޭ ކަމަށެވެ.

މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ، 400 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި އެެއްބަސްވުމުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއުކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް އަބްދުއް ރަހުމާން ޔޫސްފްއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted