މެދުކެނޑުމަކަށްފަހު ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފި

Medhu kendumakah fahu gamu regional hospital he CT scan ge hidhumaiy fashaifi

މެދުކެނޑުމަކަށްފަހު ލާމު ގަމު ރީޖަނަލް ހޮސްޕިޓަލް އިން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފިއެވެ.

ސީޓީ ސްކޭންގެ ހިދުމަތް ހުއްޓިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ.

ގަމުރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން ވިދާޅުވީ، ސީޓީ ސްކޭންގެ ހިދުމަތް  އަލުން ފަށާފައިވާ ކަމަށާއި، ހިދުމަތް ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައި ކަމަށެވެ.

މީގެ ކުރިން ހަންނާން ވިދާޅުވީ، ސީޓީ ސްކޭންގެ ހިދުމަތް ކެނޑުނީ މެޝިންގެ ބައެއް ހަލާކުވެގެން ކަމަށެވެ. ހަންނާން މައުލޫމާތު ދިން ގޮތުގައި، ސީޓީގެ މައްސަލަ މި ޖެހުނީ 6 މަސް ތެރޭ ދެވަނަ ފަހަރަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments