ކަލައިދޫ ކައުންސިލްގެ ރައީސްއަކަށް އަހުމަދު ޝިޔާމް!

Kalaidhoo council ge raees kamah ahmed shiyam!

ލާމު ކަލައިދޫ ކައުންސިލްގެ ރައީސް ކަމުގެ ފަސް ވަނަ ދައުރުގެ ގޮނޑި އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ޝިޔާމް ކާމިޔާބުކޮށްފިއެވެ.

އަހުމަދު ޝިޔާމް މި ގޮނޑި ކާމިޔާބުކުރީ 310 ވޯޓާއެކު ޕީއެންސީ ކެނޑިޑޭޓް އަހުމަދު އައިމަން އާ ވާދަކުރައްވައެެވެ. މެންބަރުކަމަށް ހޮވިފައިވަނީ ޕީއެންސީ ކެނޑިޑޭޓް އިބްރާހީމް ރިފާއުއެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ހޮވިފައިވަނީ އެމްޑީޕީ ކެނޑިޑޭޓް އާއިޝަތު ލީނާއެވެ. އެ ކޮމްޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ޕީއެންސީ ކެނޑިޑޭޓް އާމިނަތު ވަލީދާ އަދި އެމްޑީޕީ ކެނޑިޑޭޓް ފާތިމަތު ރަހީމާއެވެ.

ލާމު ކަލައިދޫ އާބާދީގެ 84 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ ސައްހަ 611 ވޯޓާއި، ބާތިލު 22 ވޯޓެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted