މަސްތުވާތަކެތީގެ މައްސަލަައެއްގައި މާމެންދޫ މީހަކު 10 ދުވަހަށް ހައްޔަރުކޮށްފި
Masthuvaa thaketheege mahsala eh gai maamendhoo meehaku 10 dhuvahah hayyaru kohfi

މަސްތުވާތަކެތީގެ މައްސަލައެއްގައި މާމެންދޫ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މީނައާއެކު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 4 ވަނަ ދުވަހު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަން އެއްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަންގައި އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 52 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ލ. މާމެންދޫ / ޗޮންޗޮންގެ، ޢަލީ ނަސީމް (49އ) އެވެ. އަނެއް މީހާގެ ވަނަވަރެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ނަސީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




