ގަމު ”ބޮޑަ ފެންގަނޑަ“ (ޕަރީ ފެންގަނޑު) ވިއުވިން ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފި

Gamu “Boda Fenganda” viewing platform aanmunnah hulhuvaalaifi

ގަމުގައި އޮންނަ ތާރީޚީ އަދި ގުދުރަތީ ރީތިކަން ލިބިފައިވާ ”ބޮޑަ ފެންގަނޑަ“ ނުވަތަ ޕަރީ ފެންގަނޑު ބަލާލުމަށް ހެދި ޚާއްސަ ވިއުވިން ޕްލެޓްފޯމް ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.

މި ޕްލެޓްފޯމް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އެ ސަރަހައްދުގައެވެ. މި މަޝްރޫއަކީ އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް ކުރުމުގައި ލ. ގަމު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން އެ ފަރާތުން ފާހަގަކުރެއެވެ.

ޖުމްލަ 450,000 (ހަތަރުލައްކަ ފަންސާސް ހާސް) ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ޕްލެޓްފޯމްގެ ސަބަބުން ބޮޑު ފެންގަނޑުގެ ރީތި މަންޒަރުތައް ރައްކާތެރިކަމާއެކު ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން އިތުރު ހަރަކާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުގެ ނިޔަލަށް އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް 2 ކެނޯ ވެސް އެ ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންގަނޑުގެ ތެރޭގައި ދުއްވާލާ، ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.

ބޮޑު ފެންގަނޑަކީ ލ. ގަމުގެ މުހިންމު ތާރީޚީ ބިނާތަކާއި ގުދުރަތީ ވަސީލަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތަނަކަށްވާއިރު، މިފަދަ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ފަތުރުވެރިންނާއި އާންމުން ޝައުގުވެރިވާ ފަދަ މަންޒިލަކަށް ހެދުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments