ކަލައިދޫ ކައުންސިލްގެ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން މިމަހު 28 ގައި!
Kalaidhoo Councilge rayyithunge mashvaraa bahdhaluvun mimahu 28 gai!

ލާމު ކަލައިދޫ ކައުންސިލްގެ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން މިމަހު28 ގައި ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވ.
ކަލައިދޫ ކައުންސިލުން ބުނީ، މި ބައްދަލުވުން އޮންނާނީ މިމަހު 28 ވަނަ ދުވަހުގެ ރޭ 20:30 ގައ ިއެރަށު ކައުންސިލް އިދާރާގެ ކޮންފްރެސް ހޯލްގައި ކަަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާކޮށްފައިވަނީ، ރައްޔިތުންނާ ހިއްސާ ކުރަން ޖެހޭ މުހިއްމު މައުލޫމާތާއި އަޟްހާ އީދުގައި ފާހަގަކުރާނޭ ކަންކަމާއި ގުޅޭ ގޮތުގެ މައުލޫމާތެވެ.
ދިވެހިރާއްޖޭގެ ލާމަރުކަޒީ ޤާނޫނުގެ ދަށުން، ރަށެއް ނުވަތަ ސިޓީއެއް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކައުންސިލްތަކުން ބާއްވަންޖެހޭ މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް އޮވެއެވެ.، ކޮންމެ ހަތަރު މަހަކުން އެއްފަހަރު ރައްޔިތުންނާ މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަން ކައުންސިލްތަކަށް ލާޒިމްކުރެއެވެ.




