ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން، ޚިތާނުކޮށްފައި ތިބި ކުދިން ކައިރިއަށް ޒިޔާރަތްކޮށްފި!

ލ.ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ލ.ގަން އަދި ފޮނަދޫގައި ޚިތާނުކޮށްފައި ކުދިން ތިބި ގޭގެއަށް އިއްޔެ ޒިޔާރަތްކޮށްފިއެވެ.
ލާމު އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ގަމު ޕޮލިސް ސްޓޭޝަންގެ އިންޗާޖް ވިދާޅުވީ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ“އަވަށްޓެރި ފުލުހުން“ މި ޕްރޮގުރާމްގެ ދަށުން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުން ކަމަށެވެ. އެގޮތުން ތަފާތު އެކި ދުވަސްތަކާއި ގުޅިގެން ތަފާތުއެކި ޢުމުރުފުރާގެ މީހުންނަށް އެކި ޕްްރޮގްރާމްތައް ހިންގަމުން ދާ ކަން ގަމު ޕޮލިސް ސްޓޭޝަންގެ އިންޗާޖް ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނާ ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ އިތުރުން، އެކި ކުށްތަކާއި ގުޅޭޭގޮތުން ރައްްޔިތުން ހޭލުންތެރި ކުރުމަށް ވެސް ގަން ޕޮލިސް ސްޓޭޝަންއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗުއްޓީއަށް ރަށުން ބޭރަށް ދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން، ލާމު އަތޮޅު ކޮމާންޑަރ ކުޅެފައިވާ ވީޑިއޯ އަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.