ފަހު ވަގުތު ގައްދޫން ޖެހި ގޯލުން ގަމުގެ މައްޗަށް ކުރި ހޯދައިފި

Fahu vaguthu Gadhdhoo in Jehi Goal in Gamuge mahchah kuri hoadhaifi

ބީއެމްއެލް ނޯތު ރީޖަން ލީގު2026 ގެ ފުރަތަމަ މެޗުގައި ލ. ގަން ކޮޅަށް ފަހު ވަގުތު ގދ. ގައްދޫން ޖެހި ގޯލުން މޮޅު ހޯދައި ގައްދޫން ފެށުން ރަނގަޅު ކޮށްފި އެވެ.

މި މުބާރާތުުގެ ފުރަތަމަ މެޗު ހޮނިހިރު ދުވަހު ކުޅެން ފުރަތަމަ ތާވަލުކުރި ނަމަވެސް މެޗު ފެށެން ކުޑަތަން ވެފައި ވަނިކޮށް ވަނީ އާދީއްތަ ދުވަހަށް ފަސްކޮށްފަ އެވެ.

އިއްޔެ ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާ އުފައްދައިފައިވަނީ ގަމުންނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ގައްދޫގެ އަލީ މުހައްމަދު ވަނީ ގޯލު ޖަހައި އެ ޓީމު މޮޅު ކޮށްދީފަ އެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ގަމުން މި މަހުގެ ހަވަނަ ދުވަހު ނުކުންނާނީ ސ. ފޭދޫއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅޭނީ ގަމު ޒޯން ސްޓޭޑިއަމްގަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments