މިއަަހަރުގެ ނިޔަލަށް އިސްދޫގެ އައު މިސްކިތް ނިމޭނެ: އިސްލާމިކް މިނިސްޓްރީ

Miaharuge niyalah Isdhoo ge au miskiy nimeyne: Islamic Ministry

ލ. އިސްދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ އިސްދޫގެ ރައްޔިތުންނަށް ނަމާދުކުރުމުގައި މިހާރު ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މިސްކިތުގެ އިމާރާތްކުރުމުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މިސްކިތުގެ އެތެރެއާއި ބޭރުގެ ފިނިޝިން މަސައްކަތްތަކާއި، ކަރަންޓާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 2023 ވަނަ އަހަރު ސޮއިކުރި މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ޒަމާނީ ފަރުމާއަކަށް ބިނާކުރާ މި މިސްކިތަކީ އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު ފަރުމާކޮށްފައިވާ ބިނާއެކެވެ. އަދި މިސްކިތް ނިމި ބޭނުންކުރަން ފެށުމުން، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި މިސްކިތްތަކަށް ބާރުބޮޑުވާ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments