ގަމު ސިނާއީ މަގުގެ ހަލާކުވެފައިވާ ޕޭވްމަންޓް މަރާމާތުކުރަނީ
Gamu sinaaee magu ge halaakuvefaivaa pavement maraamaathu kuranee

ލާމު ގަމު ސިނާއީ މަގު ޕޭވްމަންޓުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ،
ގަމު ކައުންސިލުން މި މަސައްކަތް ކޮށްފައިވަނީ އާރުޑީސީގެ އެހީތެރިކަމާއެކުގައެވެ. މި މަސައްކަތުގައި ގަމު ކައުންސިލްގެ ރައީސް ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.ސިނާއީ މަގުގެ ޕޭވްމަންޓްތައް ބޮޑުތަނުން ހަލާކުވެ، ގާތައް ނެއްޓިފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންނަށް ތަފާތު ގެއްލުންތަކާއި ކުރިމަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.




