އަތޮޅު ކައުންސިލްގެ ހައިބަތު އިއާދަކޮށްދީފިން، ނިޒާމަށް އައި ބަދަލަކީ ހިތާމައެއް: އިސްމާޢީލް ޢަލީ

"Atholhu Councilge haibathu iaadhakoh dheefin, nizaamah ai badhalakee hithaamaeh: Ismail Ali

ލާމު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރު ނިމިގެންދާއިރު އަދި އަތޮޅު ކައުންސިލް އުވާލާއިރު އަތޮޅު ކައުންސިލްގެ ހައިބަތު އިއާދަކޮށްދެވިއްޖެ ކަމަށާއި ލާމަރުކަޒީއަށް އައި ބަދަލަކީ ހިތާމައެއް ކަމަށް، ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެއްޖެއެވެ.

އިސްމާޢީލް ޢަލީ ވިދާޅުވީ، އަތޮޅު ކައުންސިލަކީ މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ އެންމެ މަތީ ޒިންމާ އުފުލަންޖެހޭ މުއައްސަސާ ކަމަށެވެ. ގިނަ ބަޔަކަށް އަތޮޅު ކައުންސިލަކީ އަތޮޅު ތަރައްޤީކުރާ ތަން ކަމަށް ހީވި ނަމަވެސް، އަތޮޅު ތަރައްޤީކުރާނެ ވަރުގެ ބަޖެޓެއް ކައުންސިލަށް ނުލިބޭކަން އޭނާ ހާމަކުރެއްވިއެވެ. އެހެންނަމަވެސް، ލިބޭ ފައިސާއަކީ ހަމައެކަނި ފޮނަދޫގައި ހުންނަ ކައުންސިލް އިދާރާގެ ހަތަރު ފާރުގެ ތެރޭގައި ބޭނުންކުރާ އެއްޗަކަށް ނުހަދައި، އަތޮޅުގެ ރައްޔިތުންނާ ހަމައަށް އެ ފައިސާގެ ފައިދާ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ހަތަރުވަނަ ދައުރާ ހަވާލުވިއިރު ކައުންސިލްގެ ހާލަތު އޮތީ ވަރަށް ދަށްކޮށްކަން ފާހަގަކުރައްވައި އިސްމާޢީލް ޢަލީ ވިދާޅުވީ، އޭރު ފޮނަދޫގެ ފިހާރަތަކުން ކްރެޑިޓަށް މުދާ ދޫނުކުރާ ހިސާބަށް ދަރަނި ބޮޑުވެ، އިދާރީ ހިންގުން އޮތީ ބޮއްސުންލާފައި ކަމަށެވެ.މީގެއިތުރުން، ރައްޔިތުން އިޙްތިރާމްކުރާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ މުވައްޒަފުންނަކީ ވަރަށް ޤާބިލު ބައެއްކަން ފާހަގަކުރައްވައި، އެ ބޭފުޅުންނާއެކު “ލާމަސީލު” ގިނަ ޕްރޮގްރާމްތަކެއް ހިންގުނުކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްގެ މިހާރުގެ އޮނިގަނޑު އުވާލަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments