ގަމު ކައުންސިލަރުން ހުވާކޮށް، ޑަބްލިއުޑީސީ މެންބަރުން އިގުރާރުގައި ސޮއިކޮށްފި
Gamu councilor in huvaakoh,wdc member in iguraarugai soe kohfi

ނިމިދިޔަ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އަށް އަލަށް ހޮވުން މެންބަރުން ހުވާކޮށް، އިގުރާރުގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 09:00 ގައި ހަމަދު ސްކޫލްގައެވެ.
އެގޮތުން ގަމު ކައުންސިލްގެ ފަސްވަނަ ދައުރުގެ ރައީސް ކަމާއި އަފްސަލް ޖައުފަރު ވަނީ ހަވާލުވެވަޑައިގެންފައެވެ. ކައުންސިލް މެމްބަރުންގެ ގޮނޑިއަށް ހޮވުނު، ޕީއެންސީ އިން ވާދަކުރި ޝާހިދު މުޙައްމަދު އާއި އެމްޑީޕީ އިން ވާދަކުރި އިބްރާހީމް ރަޝީދު ވެސް ވަނީ މަގާމާއި ހަވާލުވެޑައިގެންފައެވެ.
އަންހެނުންގެ ގޮނޑިއަށް ހޮވުނީ, އެމްޑީޕީ ކެނޑިޑޭޓް ސަލްމާ އުމާރާއި، ޕީއެންސީގެ ކެނޑިޑޭޓް މަރްޔަމް އަނީސާއެވެ. އަންހެނުންގެ ކޮމެޓީއަށް ހޮވުނު މެންބަރުން ވަނީ ކައުންސިލަރުންގެ ހުވާއަށް ފަހު، އިގުރާރުގައި ސޮއިކޮށްފައެވެ.




