ރަށުގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ގަމު ކައުންސިލުން މަޝްވަރާކޮށްފި

Rashuge thauleemee adhi sih’hee dhaairaa harudhanaa kurumah gamu council in muhinmu mashvaraa thakeh kohfi

ލ. ގަމުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށާއި ރަށުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ގަމު ކައުންސިލުން އިހައްދޫ ސްކޫލާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ވަކިވަކިން މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ހައްދޫ ސްކޫލާއެކު ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމަކީ، ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށާއި ސްކޫލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކައުންސިލާއި ސްކޫލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދަރިވަރުންނަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގަމު ކައުންސިލުން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރަށުގެ ޞިއްޙީ ދާއިރާގައި ހުރި ދަތިތަކަށް އަލިއަޅުވާލައި، އެކަންކަން ޙައްލުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. ކައުންސިލްގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެހައި ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތަކީ ފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތަކަށް ހެދުމެވެ.
މިބޭއްވުނު ބައްދަލުވުންތަކަކީ ރަށުގެ އިޖުތިމާޢީ އަދި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments