މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި

MIFCO in mas ganna agu 20 rufiyaa ah bodukoffi

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ގެނައި މި ބަދަލާއެކު ކަޅުބިލަމަސް ކިލޯއެއް ދެން ގަންނާނީ 20 ރުފިޔާއަށެވެ. ބޮޑުކަންނެލި ގަންނަ އަގުތަކަށް ބަދަލުއަ ގެނެސްފައެއްނުވެއެވެވެ. އެގޮތުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާއަށް، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނާނީ 25 ރުފިޔާއަށެވެ.

މިފްކޯއިން އެންމެ ފަހުން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިވަނީ މި ހިނގާ މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު މަސް ކިލޯއެއްގެ އަގު ވަނީ 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް، މަސްވެރިންނަށް އިތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ އަގު އަލުން މަތިކޮށްފައެވެ.

އަލަށް ކަނޑައެޅި މި އަގުތަކުގައި މިފްކޯގެ ހުރިހާ ބަނދަރުތަކަކުން މަސް ގަންނަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ ތެރޭގައި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ ބަނދަރު، ގދ. ފަރެސްމާތޮޑާ ބަނދަރު، ގއ. ދާންދޫ ބަނދަރު އަދި ފުވައްމުލަކު ބަނދަރު ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments