މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު ޕަސެންޓެއް ރައީސް ނަޝިީދުއަށް ލ. އަތޮޅުން
Mulhi rajje in ves emme bodu percent eh Raees Nasheed ah L. Atoll in

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބު, ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް 69 އިންސައްތަ ވޯޓު ލިބިއްޖެއެވެ.
ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރެއްވުމަށް ފަހެވެ.
އިއްޔެގެ ވޯޓުގައި ސައްހަ 30،363 ވޯޓުގެ ތެރެއިން 20،943 ވޯޓު ލިބިވަޑައިގަތީ ނަޝީދަށެވެ. އެއީ 69 އިންސައްތަ ވޯޓެވެ.
ވަކިވަކި އަތޮޅުތަކަށް ބަލާއިރު ނަޝީދަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ލ،އަތޮޅުންނެވެ. އެއީ 86.5% އެވެ.
މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. ފައްޔާޒު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ. އަދި މީކާއިލް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ.
މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު ޕަސެންޓެއް ރައީސް ނަޝިީދުއަށް ލ. އަތޮޅުން ލިބުމަކީ ލ. އަތޮޅުގެ އެމްޑީޕީ އަށް ލިބޭ ފަހުރަކަށްވާނެއެވެ. މި އިންތިހާބް ކާމިޔާބްކުރި ރައީސް ނަޝީދަށް މަރުޙަބާ.




