300 eh haa baiverinaaeku civil service conference fashaifi

300 ehhaa baiverinaaeku civil service conference fashaifi

ގިނަ އަދަދެއްގެ ބައިވެރިންނާއެކު މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ފައްޓަވައިދެއްވީ ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ”މޯލްޑިވްސް 2.0“ ތަސައްވުރާއެކު ސިވިލް ސާވިސްގެ ހިދުމަތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. މި ކޮންފަރެންސްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި، މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުޖުތާޒް އިތުރަށް ވިދާޅުވީ، މި މަޝްވަރާތަކުގެ އަލީގައި ހިދުމަތްތަކުގެ ފެންވަރު މަތިވެ، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިއީ މިހާތަނަށް ބާއްވާ ފަސްވަނަ ސިވިލް ސާވިސް ކޮންފަރެންސްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ކޮންފަރެންސްގައި 300 އެއްހާ ފަރާތުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުގެ މަންދޫބުން ހިމެނެއެވެ. މި ކޮންފަރެންސްގައި އަށް ދާއިރާއަކުން ޖުމްލަ 18 ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މުހިންމު ނިންމުންތަކެއް އިފްތިތާހްކޮށްފައެވެ. އެގޮތުން 2026 އިން 2030 ގެ ނިޔަލަށް އަމަލުކުރާނެ ސިވިލް ސާވިސްގެ އެކްޝަން ޕްލޭން އިފްތިތާހްކުރުމުގެ އިތުރުން، ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތް ވެސް ވަނީ ނެރެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments