ދުނިޔޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމަށް ގަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

dhuniyeyeg kudhi adhi medhu fantheege viyafaarithakuge dhuvas faahagakurumah gamugai penal disscussion eh baahavaifi

ދުނިޔޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ލ.ގަމުގައި ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ކަމާގުޅޭ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިން ބައިވެރިވެ، އެބޭފުޅުންގެ ތަޖުރިބާ ވަނީ ހިއްސާކުރައްވާފައެވެ. ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޕްރިންސިޕަލް ފިހާރައިގެ ވެރިޔާ އައްޝައިޚް މުޙައްމަދު ޙަލީމް އާއި، saaliha.mv ގެ ވެރިޔާ އަލްފާޟިލް ޔޫސުފް ޚަލީލް އަދި KinVin Cakes ގެ ވެރިޔާ އަލްފާޟިލާ ޢާއިޝަތު ޙުސައިން އެވެ.

މި ޑިސްކަޝަންގެ ތެރެއިން ވިޔަފާރި ފެށުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަކީ އަމިއްލަ މަސައްކަތުން ކުރިއަރާ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ބައިސަން މޯލްޑިވްސްގެ ފަރާތުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން މި ޑިސްކަޝަން ބޭއްވުމަށް ކެފޭ 20 ގެ މާހައުލު ހަމަޖައްސަވައިދެއްވީތީ އެ ކުންފުންޏަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ތިން ވިޔަފާރިވެރިން ދެއްވި އަގުހުރި ވަގުތަށާއި މައުލޫމާތަށްޓަކައި އިންތިޒާމުކުރި ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments