މޮރޮކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް

Morocco World Cup Ge Quarter Final ah

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ހޯސްޓް ކަމަށްވާ ކެނަޑާ 3-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ 16 ޓީމުގެ ބުރުގައި، ކެނަޑާ އަތުން ރަނގަޅު މޮޅެއް ހޯދައިގެންނެވެ.މި މެޗުގައި މޮރޮކޯގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ މިޑްފީލްޑަރު، އަޒެއްދީން އުނާހީ އެވެ. އަދި، އަނެއް ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ސޯފިއަން ރަހީމީ އެވެ

ކެނަޑާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލިއިރު، އެ ޓީމަކީ ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ޕޮއިންޓެއް ވެސް ލިބިފައިވާ ޓީމެއް ނޫނެވެ. އެކަމަކު، ޖެސީ މާޝްގެ ކޯޗުކަމުގައި ކެނަޑާ އިން ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކުރުމަކީ ވެސް ކާމިޔާބެެކެވެ.  މި މެޗުގައި މޮރޮކޯ ކޮޅަށް ލަނޑެއް ނުޖެހި ކެނަޑާ ބަލިވިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓަކަށް މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަަހަރެެވެ.

މޮރޮކޯ އިން ކުއާާޓާ ފައިނަލުގައި ކުޅޭނީ ފްރާންސާއި ޕެރަގުއޭ އިން ގަަދަ 16 ގައި ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments