5 ތަރި ބުރަޒިލް، ހާލަންޑުގެ ލަނޑުތަކުން ލަދުގަންނުވާލައިފި

5 Thari Brazil Haaland Ge landu Thakun ladhugannuvaalaifi

މިއީ 190 ގެ ފަހުން ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ އަވަހަށް ބްރެޒިލް ކެޓި ފަހަރު. ނޯވޭން ކުއާޓާ ފައިނަލަށް ދަތުރު ކުރީ މުޅިން އަލަށ،ްވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗެއްގައި ބްރެޒިލް ބަލިކޮށް ނޯވޭން ބޮޑު ސިހުމެއް ގެނެސް ދީފި އެވެ.

މިއީ 1990 ގެ ފަހުން، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މިހާ އަވަހަށް މުބާރާތުން ވަކިވާން ޖެހުނު ފަހަރެވެ. އަދި އާލިން ހާލަންޑް ޖެހި ދެ ގޯލާ އެކު، ނޯވޭން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނަގަން ބްރެޒިލަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވީއޭއާރުން ބެލުމަށްފަހު އެ ޓީމަށް ދިން އެ ޕެނަލްޓީ، ބްރޫނޯ ގިމަރޭސް ފޮނުވާލުމުން ނޯވޭގެ އުމުރުން 35 އަހަރުގެ ކީޕަރު އޮރްޔަން ނީލަންޑް ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

މި މެޗު ނޯވޭން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.މި މެޗުގައި ޖެހި ދެ ގޯލާ އެކު ހާލަންޑް ވަނީ މި މުބާރާތުގައި ހަތް ގޯލު ހަމަކޮށްފަ އެވެ. އޭނާ ވަނީ ރަން ބޫޓުގެ ރޭހުގައި ކީލިއަން އެމްބާޕޭ އަދި ލިއޮނަލް މެސީއާ ހަމަހަމަ ކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted