އެމްއެންޔޫ ފަހި ދުވަސް ލ. ގަމު ކެމްޕަހުގައި ބޭއްވުމަށް ތައްޔާރުވެއްޖެ

MNU fahi dhuvas laamu.gamu campahugai beyhvumah thahyaaruvehjje

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދާ ”އެމްއެންޔޫ ފަހި ދުވަސް 2026“ ލާމު އަތޮޅު ގަމު ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތް ކުރިއަށްދާނީ 11 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.

މި ހަރަކާތަކީ މަތީ ތައުލީމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ދަރިވަރުންގެ މުސްތަގުބަލަށް ބޭނުންވާ މަގުދެއްކުމަށް ބާއްވާ ހާއްސަ ހަރަކާތެކެވެ. މި ދުވަހުގެ ތެރޭގައި ޔުނިވަރސިޓީން ކުރިއަށްގެންދާ އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.

ކެރިއަރ ގައިޑަންސް އަދި އެޑްމިޝަންގެ ފުރުސަތުތައް

ފަހި ދުވަހުގެ ތެރޭގައި ތަޖުރިބާކާރު ލެކްޗަރާއިންނާ ބައްދަލުކޮށް، ކޯސްތަކާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ކެރިއަރ ގައިޑަންސް ނުވަތަ ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސްކޮލަރޝިޕްތަކާ ބެހޭ މައުލޫމާތު ދިނުން ވެސް ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ އެންމެ ހާއްސަ އެއް ކަމަކީ އެއް ތަނަކުން ހުރިހާ މައުލޫމާތެއް ލިބި، ޔުނިވަރސިޓީއަށް ވަނުމަށް ބޭނުންވާ އެޑްމިޝަންގެ ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. މިއީ މަތީ ތައުލީމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ލެޕްޓޮޕެއް ހޯދުމުގެ ފުރުސަތު

އެމްއެންޔޫ އިން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލެޕްޓޮޕެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތަކީ އުނގެނުމާއި، އާ ކަންތައްތަކެއް ހޯދުމުގެ އިތުރުން މުސްތަގުބަލަށް މަގުކޮށައިދޭނެ ފުރުސަތުތަކެއް ފަހިވެގެންދާނެ ދުވަހެއް ކަމަށް އެމްއެންޔޫ އިން ބުނެއެވެ. އެހެންކަމުން ވީހާވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ޔުނިވަރސިޓީގެ އެދުމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments