ގަމުގައި ފްލެޓް އެޅުމަށް ސަރުކާރުން ވިސްނަން އެދޭ ކަމަށް ކައުންސިލް ރައީސް ވިދާޅުވެއްޖެ
Gamugai flat elhumah sarukaarun visnan edhey kamah council raees vidhalhuvehjje

ލާމު ގަމުގެ އާބާދީ އިތުރުކުރުމަކީ އެ ރަށު ކައުންސިލްގެ ބޮޑު ވިސްނުމެއް ކަމަށާއި، އެކަމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވެއްޖެއެވެ.
އަފްސަލް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިންގ މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
ގަމު ކައުންސިލްގެ ރައީސް ވިދާޅުވީ، ލާމު ގަމުގެ އާބާދީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތަކަށް ކައުންސިލުން މަރުހަބާ ކިޔާ ކަމަށެވެ. ”މިކަމުގައި ލާމު ގަމުން އެއްބާރުލުން ލިބޭނެ، މިކަމާ ސަރުކާރުން ވިސްނުން ވަރަށް ބޮޑަށް އެދެން،“ އަފްސަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އާބާދީ އިތުރުވުމަކީ ރަށުގެ ތަރައްގީއަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި އަޅާ ފްލެޓްތަކަކީ ވަކި މަޝްރޫއެކެވެ. އަދި ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގް މަޝްރޫއުވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. ”ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
ހދ. އަތޮޅުގެ އާބާދީ އެންމެ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގެ ކައުންސިލް މިހާރު އުވާލާފައިވާއިރު، އެ ރަށުގެ އިދާރީ ކަންކަން ބަލަހައްޓަނީ ހަނިމާދޫ ކައުންސިލުންނެވެ. ސަރުކާރުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވީ ނަމަވެސް، އެ ރަށުގެ ބައެއް މީހުން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާތީ އެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.




