ތާރުމަގުގެ ނިޝާންތައް އާކުރުމުގެ މަސައްކަތް ފަށައިފި
Thaaru maguge nishaanthah aakurumuge masakkai fashaifi

ލ. ގަމުގެ ތާރު މަގުގައި ކުރަހާފައިވާ މަގުމަތީގެ ނިޝާންތައް ފުހެމުންދާތީ، އެ ނިޝާންތައް އައުކުރުމުގެ މަސައްކަތް ގަމު ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގުޅިގެން ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ކުރިޔަށްގެންގޮސްފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައިވާ ކަފިހި ހުރަސްތަކުގެ ކުލަ އައުކުރުމުގެ މަސައްކަތެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މަގުމަތީގެ ނިޝާންތައް ފުހެވިފައި ހުރުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، މިފަދަ މަސައްކަތްތައް ކުރުމަކީ މުހިންމުކަމެކެވެ.




