ޕޯޗުގަލްގެ ރޮނާލްޑޯއަށް ސަޕޯޓު ކުރަނީ ފަރިހަރަކާތްތަށް ރީތިކަމުންކަމަށް ގިނަ ދިވެހި އަންހެން ކަނބަލުން އެއްބަސްވޭ

Portugal ge Ronaldo ah Support kuranee fari harakaaithah Reethi kamun kamah Gina Dhivehi anhenverin ebbasvey

ގިނަ އަންހެނުން ރޮނާލްޑޯއަށް ސަޕޯޓުކުރަނީ ފުޓުބޯޅައަށް އޮތް ލޯތްބަކުން ނޫން.
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަކީ 19 ވަނަ ގަރުނުގެ މެދުތެރޭގައި އިނގިރޭސިވިލާތުން ފެށިގެން އައި ކުޅިވަރެކެވެ. މިއަދު މުޅި ދުނިޔެ މި ކުޅިވަރުގެ ފޯރީގައި އޮތްއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މި ކުޅިވަރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެއް ކުޅުންތެރިޔާއެވެ.

ނަމަވެސް، ފަހަކަށް އައިސް ކުރެވުނު ދިރާސާތަކާއި އާންމު ހިޔާލުތަކުން އެނގޭ ގޮތުގައި، ރޮނާލްޑޯއަށް ސަޕޯޓުކުރާ ގިނަ އަންހެނުންގެ މަގުސަދަކީ ފުޓުބޯޅައަށް އޮތް ލޯތްބެއް ނޫނެވެ.
ގިނަ އަދަދެއްގެ އަންހެން ކަނބަލުން އެއްބަސްވާ ގޮތުގައި، އެމީހުން ރޮނާލްޑޯއަށް ސަޕޯޓުކުރަނީ އޭނާ ދަނޑުމަތީގައި ދައްކާ ކުޅުމުގެ މޮޅުކަމުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާގެ ހަށިގަނޑުގެ ބައްޓަމާއި، މޫނުމަތީގެ ރީތިކަމަކީ އަންހެނުންގެ ސަމާލުކަން އޭނާއަށް ހުއްޓޭ އެންމެ ބޮޑު ސަބަބެވެ. ދުވަހަކު ފުޓުބޯޅައިގެ ގަވާއިދެއް ނޭނގޭ މީހުންނާއި، ބޯޅަ ކުޅޭ ގޮތް ނޭނގޭ އަންހެނުންވެސް ރޮނާލްޑޯގެ މެޗުތައް ބަލަނީ އޭނާގެ ފަރި ހަރަކާތްތަކާއި ދަނޑުމަތީގައި ދައްކާ ”ސްޓައިލް“ ތަކަށް ހިތްކިޔާތީއެވެ.

މީގެ އިތުރުން، ރޮނާލްޑޯއަކީ މުސްލިމަކަށް ނުވީނަމަވެސް، މުސްލިމުންގެ މެދުގައި މަގުބޫލުކަން ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވެއެވެ. އިސްލާމީ ގައުމުތަކުގެ އިހުސާސްތަކާ ކުޅެލައިގެން ސަމާލުކަން ހޯދުމަށް އޭނާ ކުރާ ބައެއް ކަންކަމަކީ ހަގީގީ ކުޅިވަރުގެ ރޫހަށްވުރެ ބޮޑަށް، އަމިއްލަ ނަން ކުރިއެރުވުމަށް ކުރާ ކަންކަމުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ފުޓުބޯޅަ މާހިރުން ފާހަގަކުރާ ގޮތުގައި، ރޮނާލްޑޯ މިހާރު ބޮޑަށް ފެންނަނީ ފުޓުބޯޅަ ކުޅުންތެރިއަކަށްވުރެ ބޮޑަށް ”އެކްޓަރެއް“ ނުވަތަ މޮޑެލްއެއްގެ ގޮތުގައެވެ. ދަނޑުމަތީގައި ވެއްޓިގަންނަ ގޮތާއި، ކުދިކުދި ކަންކަމުގައި ދައްކާ މާޔޫސީގެ ހަރަކާތްތަކަކީ ކެމެރާތަކުގެ ސަމާލުކަން ހޯދުމަށް ކުރާ އެކްޓެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ހަގީގީ ފުޓުބޯޅަ ސަޕޯޓަރުންގެ މެދުގައި އޭނާއަށް އޮންނަ އިހުތިރާމް ކުޑަވަމުން ދިޔަ ނަމަވެސް، ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލާ ފަރާތްތަކުގެ މެދުގައި އޭނާގެ މަގުބޫލުކަން އަދިވެސް އޮތީ މަތީގައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments