ފޮނަދޫގައި ރަށު ކައުންސިލުން އިންތިޒާމްކޮށްގެން ދީނީ ދަރުސްތަކެއް ބާއްވަނީ

Fonadhoo rashu councilun inthizaamukohgen dheenee dharusrthakeh baahavnee

ލ. ފޮނަދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި މިސްކިތްތަކުގައި ދީނީ ދަރުސްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ދަރުސްތަކަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “އުންމީދު ކަނޑާނުލާށޭ” މި މައުޟޫގެ ދަށުންނެވެ. މި ސިލްސިލާގެ ދަރުސްތައް ދެއްވާނީ ދީނީ އިލްމުވެރިން ކަމަށްވާ އައްޝައިޚް ޝިރުޙާން އަލީ އަދި އައްޝައިޚް މުޠީޢު އިސްމާޢިލް އެވެ.

ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، މި މަހުގެ 21 ވާ އަންގާރަ ދުވަހުގެރޭ އިޝާ ނަމާދަށްފަހު މަސްޖިދުލް އުލާގައި ދަރުސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 22 ޖުލައި ވާ ބުދަ ދުވަހުގެރޭ މަސްޖިދުލް ވިދާދިގައި ދަރުސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، 24 ޖުލައި ވާ ހުކުރު ދުވަހުގެރޭ މަގްރިބް ނަމާދަށްފަހު މަސްޖިދު ބިލާލްގައި ދަރުސް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ފޮނަދޫ ކައުންސިލުން ވަނީ މި ދަރުސްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments