ފޮނަދޫ މަސް މާރުކޭޓުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

Fonadhoo mass marketge nunimioiy huri masakaithah kohdheyne faraatheh hoadhan iulaanukohffi

ލ. ފޮނަދޫ މަސް މާރުކޭޓުގެ މަސައްކަތްތައް ނިންމުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފޮނަދޫ ކައުންސިލްގެ އިދާރާއިން އަލުން އިޢުލާނުކޮށްފިއެވެ.

މި މަސައްކަތަށް ކުރިން ހުޅުވާލި އިޢުލާނާ ގުޅިގެން ވެވިފައިވާ އެއްބަސްވުން ބާޠިލްކުރުމާ ގުޅިގެން، ކައުންސިލުން މިހާރު ވަނީ ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައެވެ.

ފޮނަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރަންޖެހޭ މަސައްކަތެކެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމަށްޓަކައި ކައުންސިލްގައި ރަޖިސްޓްރީވެ، ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބިޑު ޑޮކިއުމެންޓްގެ އަގަކީ 150 ރުފިޔާއެވެ.

ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 02 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމަށްޓަކައި ކައުންސިލުން ކަނޑައަޅާފައިވާ ގޫގްލް ފޯމް ފުރިހަމަކުރުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް ސަރުކާރުގެ ގެޒެޓްގައާއި ފޮނަދޫ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:30 ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ފޮނަދޫ ކައުންސިލްގެ މީޓިންގ ރޫމަށެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments