ގަމު މިނިވަން އެކްސްޕޯ މާދަމާ ފަށަނީ

Gamu minivan expo maadhamaa fashanee

ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ބާއްވާ “މިނިވަން އެކްސްޕޯ 2026” މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 28 އިން 30 ގެ ނިޔަލަށް ގަމު ހަމަދު ސުކޫލްގައެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ 10 ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. މި އިނާމުތައް ސްޕޮންސަރ ކޮށްދީފައިވަނީ ކިވާނޯ ކެފޭ އެންޑު ރެސްޓޯރެންޓު، ރިވެރީސް މޯލްޑިވްސް، މާތުނޑި ކޮމްޕެނީ، އުރްމީ ސެލޯން، ލާމު ޓޫރިޒަމް އެސޯސިއޭޝަން، ލޯންގު ބީޗު ލާމު އަދި ޔޫރޯ ސްޓޯރުންނެވެ.

އެކްސްޕޯ ކުރިއަށްދާނެ ގަޑިތައް

އެކްސްޕޯ ހުޅުވިފައި ހުންނާނެ ގަޑިތަކަކީ:

  • 28 ޖުލައި: ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:30 އަށް
  • 29 ޖުލައި: ހެނދުނު 9:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:30 އަށް
  • 30 ޖުލައި: ހެނދުނު 9:00 އިން 12:00 އަށް އަދި ހަވީރު 16:00 އިން 18:00 އަށް

ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މި އެކްސްޕޯގެ އިނާމުތައް ސްޕޮންސަރ ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި އެކްސްޕޯއަކީ ގަމުގެ އުފެއްދުންތެރިކަމާއި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments