”ލަސާ ކިޑްސް ފުޓުބޯޅަ ފެސްޓިވަލް“ ކާމިޔާބުކަމާއެކު ނިންމާލައިފި

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ކުރިޔަށް ގެންދިޔަ ”ލަސާ ކިޑްސް ފުޓުބޯޅަ ފެސްޓިވަލް“ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުރިޔަށް ގެންދިޔަ މި ފެސްޓިވަލްގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ. މި ފެސްޓިވަލްގައި ފުޓުބޯޅަ އާ ގުޅުންހުރި ތަފާތު ޑްރިލްސް ހިމެނޭ ގޭމުތަކާއި ކަސްރަތުތައް ކުރިޔަށް ގެންގޮސްފައިވެ އެވެ.

އެޕެކްސް އެކަޑަމީން ފެސްޓިވަލް ކުރިޔަށް ގެންގޮސްފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެނެވެ. އެއީ 8 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ގުރޫޕެވެ.

ފެސްޓިވަލް ކުރިޔަށްދިޔަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަމުން، އެޕެކްސް އެކަޑަމީގެ ނައިބު ރައީސް، އަދި މިވަގުތު އެކަޑަމީ ހިންގުމާ ހަވާލުވެހުރި އަހުމަދު އަރީފް ބުނީ، މި ފެސްޓިވަލް އަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި، ކުރިޔަށް ދިޔަ ގޮތާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މި ހަރަކާތް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިޔުމަށް އެހީތެރިވެދިން ފަރާތްތަކަށް އަރީފް ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން، ލާމު ލިންކް، ބްރޯވީ މާޓް، ލާމު އެމްވީ، މަސްކުރި، އަދި ގަން/ފޮނަދޫ ސަރަހައްދުގައި ކުރިޔަށް ގެންދާ އިތުރު ދެ އެކަޑަމީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. އަރީފް އިތުރަށް ބުނީ، އުއްމީދު ކުރިވަރަށް ވުރެވެސް ބޮޑަށް ބެލެނިވެރިންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށާއި، އެގޮތުގައި ހިފަހައްޓާލެވިއްޖެނަމަ، އެކަޑަމީއާއި ކުދިންނަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އިން މިހާރު މަސައްކަތް ކުރަނީ ޖުލައި މަހު މާލޭގައި އޮންނަ 12 އަހަރުން ދަށުގެ މުބާރާތެއްގައި ބައިވެރިވުމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments