މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިން ބުނެފި

Miaharuge mihaathanah himabiheege 186 case fenifaivaakamah HPA in bunefi

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެ އެޖެންސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަޙައްދުން ހިމަބިހީގެ 20 ކޭސް ވަނީ ފެނިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު މިވަނީ 186 އަށް އުފުލިފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިހާތަނަށް 12,000 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބަލީގެ އަލާމާތްތަކާއި ފެތުރޭ ގޮތް

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބައްޔަކީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ނުވަތަ ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތް ނުވަތަ އަނގައިގައި އަތްލުމުން ފެތުރޭ ބައްޔެކެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން، ވެކްސިން ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށާއި، ބަލީގެ އަލާމާތް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments