ގަމުގައި ކުރިއަށްގެންދާ އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަންނޯޓް ކުރަން ހުޅުވާލައިފި

Gamugai kuriahgendhaa MR vaccine dhinumuge programegai nan note kuran hulhuvaalaifi

ލ. ގަމުގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެމްއާރް (މީސަލްސް އަދި ރުބެއްލާ) ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ވެކްސިން ޖެހުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ގަމު ރީޖަނަލް ހިސްޕިޓަލުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ނަން ނޯޓު ކުރުން ކުރިއަށްދާނީ އޯގަސްޓު 6 އިން 11 އަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 01:30 އަށެވެ. ވެކްސިން ޖެހުމަށް ނަން ނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން 6800840 ނުވަތަ 6800686 ނަންބަރު ފޯނާ ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް

މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ އުމުރުން 49 އަހަރުން ދަށުގެ ދިވެހިންނަށެވެ. މީގެ އިތުރުން ރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ބިދޭސީންނަށް ވެކްސިން ދިނުމުގައި ވަކި ހާއްސަ އުމުރުފުރާއެއް ކަނޑައެޅިފައެއް ނުވެއެވެ.

މި ޕްރޮގްރާމަކީ މީސަލްސް ނުވަތަ ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. އެހެންކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމުގައި ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted