ކުނަހަންދޫ ބޮޑުހިންނެ ވަގުތީ ގޮތުން ދޫކުރަން އިޢުލާނުކޮށްފި

Kunahandhoo bodu hinna vaguthee gothun dhookuran iulaanukohffi

ލ. ކުނަހަންދޫ “ބޮޑުހިންނެ” ބިޑު އުޞޫލުން ވަގުތީ ގޮތުން ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ. ކުނަހަންދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޯގަސްޓް 20 ވަނަ ދުވަހުގެ 14:00ގެ ކުރިން “ރަޖިސްޓްރޭޝަން ފޯމް” ފުރިހަމަކުރަންޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޯގަސްޓް 23 ވަނަ ދުވަހުގެ 13:00 ގައި ކުނަހަންދޫ ކައުންސިލް އިދާރާގައެވެ. ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ރަޖިސްޓްރީނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments