އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު ބައިސަން މޯލްޑިވްސްއަށް އަރުވައިފި

Imaaraaikurumaai imaaraai farumaakurumuge dhaairaain hiyvarudhinumuge inaamu Bison Maldives ah aruvaifi

އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އަރުވައިފިއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި އިނާމު ބައިސަން މޯލްޑިވްސްއަށް އަރުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމީ ޖަލްސާގައި، އިމާރާތްކުރުމުގެ ދާއިރާއިން ބައިސަން މޯލްޑިވްސްއަށް ލިބުނު ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ހަވާލުކުރައްވާފައެވެ. މިއީ މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބުނު އަމިއްލަ އެކަނި ކުންފުންޏެވެ.

ޤައުމީ ދުވަހުގެ މި ރަސްމިއްޔާތުގައި ސަރުކާރުން ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ބައިސަން މޯލްޑިވްސް ހިމެނޭހެން 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވާފައެވެ. މީގެއިތުރުން އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމުވެސް މިއަދުގެ ޖަލްސާގައި ވަނީ އަރުވާފައެވެ.

ޤައުމީ އިނާމަށް ބޭފުޅުންނާއި ކުންފުނިތައް ހޮއްވެވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިއަހަރުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖުގެ އިތުރުން ހަނދާނީ ލިޔުން އަރުވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments