ފޮނަދޫ ޞިއްޙީ މަރުކަޒުން ޚިދުމަތް ދިނުމަށް ދިމާވާ ދަތިތަކުގެ ޙައްލުހޯދަން މަޝްވަރާކޮށްފި

Fonadhoo Sih'hee mazrukazun khidhumaiy dhinumah dhimaavaa dhathithakuge hallu hoadhan mashvaraakohffi

ސަރުކާރުން ލ. ފޮނަދޫގައި ގާއިމްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އެ ރަށު ޞިއްޙީ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު  ޤީލާ އަލީ އަދި ވުޒާރާގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ފޮނަދޫ ޞިއްޙީ މަރުކަޒުން ޚިދުމަތް ދިނުމުގައި ދިމާވާ އެކި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭ މަޢުލޫމާތު ވަޒީރާ ހިއްސާކުރައްވާފައިވަނީ ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒެވެ. މި ބައްދަލުވުމުގައި ރަށުގައި އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ މަޝްރޫޢާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted