މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި

Mi aharuge mihaathanah raajje ah 1.4 million fathuruverin ziyaaraiykohffi

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 1،405،082 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1،460،747 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،005 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށްވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓަކީ %18.6 ގެ ހިއްސާއަކާއެކު ޗައިނާއެވެ. އެގައުމުން މިހާތަނަށް 256،983 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިއާއިން 202،496 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 107،637 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން އިޓަލީވިލާތުން 90،280 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 84،373 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1،011،977 ފަތުރުވެރިންނެވެ. މީގެއިތުރުން ގެސްޓުހައުސްތަކުގައި 305،846 ފަތުރުވެރިން، ހޮޓާތަކުގައި 32،495 ފަތުރުވެރިން އަދި ސަފާރީތަކުގައި 25،730 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ޖުމްލަ 1،321 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ އަކީ 68،494 އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments