ގަމު ކައުންސިލުން ބައު ތަކެތި ނީލަން ކިޔުމަށް ނިންމައިފި

Gamu councilun bau thakethi neelan kiyumah ninmaifi

ލ. ގަމު ކައުންސިލްގެ އިދާރާގައި ހުރި ބައެއް ބައު ތަކެތި ނީލަން ކިޔުމަށް ނިންމައި، އެކަމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ޢާންމުކޮށް ހުޅުވާލައިފިއެވެ.

ގަމު ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނީލަން ކިޔުން އޮންނާނީ 28 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 ގައި އެ ކައުންސިލްގެ ގޯތި ތެރޭގައެވެ. މި ނީލަމުގައި ބައިވެރިވެވޭނީ ކުރިއާލައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ނީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް ކައުންސިލް އިދާރާއަށް ޙާޟިރުވެ ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ފޯނުން ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އައި.ޑީ.ކާޑު ނަންބަރު އަދި މޯބައިލް ނަންބަރު އެނގޭގޮތަށް 7841515 ނަންބަރަށް ވައިބަރ މެދުވެރިކޮށް ފޮނުވުމަށް ކައުންސިލުން އެދެއެވެ.

ނީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 28 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:15 އެވެ. އަދި ނީލަން ކިޔޭ ތަކެތީގެ ތަފްޞީލީ ލިސްޓު، ނީލަން ކިޔުމުގެ އެއް ދުވަސް ކުރިން ކައުންސިލްގެ ފޭސްބުކް ޕޭޖާއި ކޮމިއުނިޓީ ގްރޫޕުގައި ޢާންމުކުރާނެ ކަމަށްވެސް ގަމު ކައުންސިލުން ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments