ގަމުގައި ވޯކްޝޮޕާއި ފައިބަރު މަސައްކަތަށް ބިންތަކެއް ކުއްޔަށް ދޫކުރަނީ

Gamugai workshopaao fiber masahkathah binthakeh kuhyah dhookuranee

ލ. ގަމު ތުނޑީ އަވަށު ބަނދަރުގެ ދެކުނު ކޮޅުން ވޯކްޝޮޕް ހިންގުމަށާއި ފައިބަރު މަސައްކަތް ކުރުމަށް ތިން ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ކުއްޔަށް ދޫކުރާ ބިންތަކާއި ބީލަމުގައި ރަޖިސްޓްރީވުން

ލ. ގަމު ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ “ފީރޯޒް 40″، “ފީރޯޒް 41” އަދި “ފީރޯޒް 42” ނަންބަރު ބިންތަކެވެ. މި ބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހެއެވެ.

ބިޑް ޑޮކިއުމަންޓެއްގެ އަގަކީ ބިމަކަށް 500 (ފަސްސަތޭކަ) ރުފިޔާއެވެ. ބިޑް ފޮތް ގަތުމަށް ކައުންސިލްގެ އެކައުންޓް ނަންބަރު 7707700315001 އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ސްލިޕް 7611515 ނަންބަރަށް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބީލަން ހުށަހެޅުމާއި މައުލޫމާތު ސާފުކުރުން

މި ބީލަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނާ ރޫމްގައެވެ. ކައުންސިލުން ހާމަކުރި ގޮތުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ.

މި ބީލަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ގަމު ކައުންސިލް އިދާރާއަށް ހާޒިރުވެގެން ނުވަތަ 7611515 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments