މާވަށު ކައުންސިލާއި އ.ތ.މ ކޮމިޓީގެ “ރަންމުތް 5” މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

Maavashu councilaai anhenunge tharahgeeah masahakaikuraa comitteege "Ranmuthu 5" madhaha mubaaraathugai baiverivumuge furusathu hulhuvaalaifi

މާވަށު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ގުޅިގެން ބާއްވާ “ރަންމުތް 5” މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 22 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލ. މާވަށް، ކުނަހަންދޫ، ހިތަދޫ އަދި މާމެންދޫގެ ބައިވެރިންނަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ގެ 23:55 ގެ ކުރިން ކޮމިޓީގެ ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ. މުބާރާތުގެ ޤަވާއިދާއި މަޢުލޫމާތު ކޮމިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް އ.ތ.މ ކޮމިޓީގެ ރައީސާ އަސަރާ އިބްރާހިމް (7451831) އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

2021 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން އިސްލާމްދީނަށް ލޯބިޖެއްސުމާއި، ހުނަރު ކުރިއެރުވުމުގެ އިތުރުން މަދަހަ ކިޔުމުގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި އަހަރުގެ މުބާރާތުގެ އިސްފަނޑިޔާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ “މޯލްޑިވިއަން އައިޑޮލް” އިން ތަޢާރަފުވެ، މަދަހަ ކިޔުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށްވާ ޝަލަބީ އިބްރާހީމެވެ. މީގެ އިތުރުން ރަށު ފެންވަރުގައި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ދެ ފަނޑިޔާރަކު ޕެނަލްގައި ހިމެނޭނެއެވެ.

މުބާރާތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ އަޑު، ރާގު، ހުށަހެޅުންތެރިކަން، ބަސްކިޔުން އަދި ލިރިކްސްއާ އެއްގޮތަށް ކިޔުމުގެ ބައިތަކަށް ބަލައިގެންނެވެ. މުބާރާތް ނިމުމާއެކު ވީ އެންމެ އަވަސް ފުރުޞަތެއްގައި ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ވަނަތަކަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments