ހިތަދޫ ސްކޫލުގެ ޓީޗަރުންނަށް ‘އެލްއެޗްއެސް ވޯކް ޕްލޭސް ޕޯޓަލް’ ތަޢާރަފުކޮށްފި

Hithadhoo schoolge teacherunag "LHS work place portal" tha'aarafkohffi

މާވަށު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޢަލީ ތަރައްޤީކުރައްވާފައިވާ ‘އެލްއެޗްއެސް ވޯކް ޕްލޭސް ޕޯޓަލް’ ހިތަދޫ ސްކޫލުގެ މުދައްރިސުންނަށް ތަޢާރަފުކޮށްދީފިއެވެ.

މި ޕޯޓަލް ތަޢާރަފުކުރުމަށްފަހު، އޭގެ ފީޗާތަކާއި އެ ޕްލެޓްފޯމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ އޮރިއެންޓޭޝަން ސެޝަނެއް ޓީޗަރުންނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ބޭނުންތެރި ޕްލެޓްފޯމެއް ތަރައްޤީކޮށްދެއްވައި، ދެއްވި އަގުހުރި އެއްބާރުލުމާއި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، މުޙައްމަދު ޢަލީއަށް ހިތަދޫ ސްކޫލުގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މި ޕޯޓަލްގެ ސަބަބުން ސްކޫލާ ގުޅުންހުރި މުހިންމު ވަސީލަތްތައް މެނޭޖުކުރުމަށާއި، ފަސޭހަކަމާއެކު އެ ވަސީލަތްތައް ބޭނުންކުރުމުގައި ޓީޗަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ހާމަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments