ސިވިލްސާވިސް މުވައްޒަފުންގެ ތަމްރީނަށް ޖަޕާނުން 1 މިލިއަން ޑޮލަރުގެ އެހީ

Civil service muvahzaffunge tahmreenah japanun 1 million dollarge ehee

ޖަޕާނު ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) އިން އަންނަ އަހަރު ރާއްޖެއަށް ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ސްކޮލާޝިޕްގެ މުއްދަތު މި އަހަރު ހަމަވާއިރު، މިއަދު ސޮއިކުރި އެއްބަސްވުމާއެކު މި ސްކޮލާޝިޕްތައް އަންނަ އަހަރު ވެސް ފަހިވެގެންދާނެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭޑީއެސް ސްކޮލާޝިޕް އެއްބަސްވުމުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ، ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓޭޓިވް ޓަކި މޮޓޫއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.

މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، ޖޭޑީއެސް ސްކޮލާޝިޕްގެ ދަށުން ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ތިން ޔުނިވަސިޓީއެއްގައި މާސްޓާސް ފެންވަރަށް ސިވިލް ސާވިސް މުވައްޒަފުންނަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން މައިގަނޑު ގޮތެއްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޕަބްލިކް ޕޮލިސީ، އިންޓަނޭޝަނަލް ރިލޭޝަންސް އަދި އެންވަޔަރަންމަންޓަލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ.

މި ސްކޮލާޝިޕްތަކަށް ޖަޕާން ސަރުކާރުން އެއް މިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖޭޑީއެސް ސްކޮލާޝިޕްގެ ދަށުން ޖުމްލަ 36 ފުރުސަތެއް ދިވެހިންނަށް ވަނީ ފަހިކޮށްދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments